މާގިރި ހޮޓެލް ޑިސްއިންފެކްޓު ކުރުމަށް ބަންދުކޮށްފި

ކޮވިޑް19 އަށް ޕޮޒިޓިވްވި ފަތުރުވެރިޔާ މަޑުކޮށްގެން ހުރި މާގިރި ހޮޓެލް ޑިސްއިންފެކްޓު ކުރުމަށް، އެތަން ވަގުތީގޮތުން ބަންދުކޮށްފި އެވެ.

މާގިރި ހޮޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހޮޓަލުގެ އޮޕަރޭޝަންތައް މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އަދި މިގޮތަށް ނިންމާފައި ވަނީ، މާގިރި ހޮޓަލުގެ މުވައްޒަފުންނާއި ގެސްޓުންނާއި ކަސްޓަމަރުން ސަލާމަތަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ކޮވިޑް-19ގެ އިންކިއުބޭޝަން ޕީރިއަޑަށްފަހު އަދި މުޅި ހޮޓަލްގެ ހުރިހާ ތަނެއް ޑިސްއިންފެކްޓް ކުރުމަށް ކަމަށް އެ ބަޔާނުގައި ވެއެވެ.

ކޮވިޑް-19 ގެ އިންކިއުބޭޝަން ޕީރިއަޑަށްފަހު މުޅި ހޮޓަލުގެ ހުރިހާތަނެއް ޑިސްއިންފެކްޓު ކުރުމަށްފަހު، މި މަހުގެ 16 ވާ ހޯމަ ދުވަހު ހޮޓެލްގެ ހުރިހާ އޮޕަރޭޝަންތައް އަލުން ފަށާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މާގިރި ހޮޓަލުން ވަނީ އެތަން ވަގުތީގޮތުން ބަންދުކުރުމުގެ ސަބަބުން ގެސްޓުންނާއި ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް މައާފަށް އެދިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!