ކުރަމަތި ރިސޯޓުން ޝައްކުކުރެވޭ ބިދޭސީއަކު ކަރަންޓީން ކުރަނީ

ކޮވިޑް19 އަށް ޝައްކު ކުރެވޭ ބިދޭސީއަކު އއ. ކުރަމަތި އައިލެންޑު ރިސޯޓުގައި ހުރުމުން އެމީހާ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ކުރަމަތި ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމާ ގުޅިގެން އިތުރަށް މޮނީޓާ ކުރުމަށާއި ބަލަންޖެހޭ ކަންތައް ބެލުމަށް އޭނާ އައިސޮލޭޝަން އަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ބަލީގެ އަލާމާތްތައް ފެނިފައި ވަނީ އެ ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް އައި ދެމަފިރިންގެ ތެރެއިން އެކަކުގެ ގައިން ކަމަށް ވަނީ ހާމަކޮށްފައެވެ.

އަދި އެ ރިސޯޓަށް އަރާ ފޭބުން މިހާރު މަނާކޮށްފައިވާކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!