އޮންލައިންކޮށް ބިލްތައް ދެއްކުމަށް އިލްތިމާސްކޮށްފި

އޮފީސްތަކަށް ގޮސް ޚިދުމަތްތަކަށް ބިލުތައް ދެއްކުމުގެ ބަދަލުގައި އޮންލައިންކޮށް ބިލުތައް ދެއްކުމަށް ބައެއް ކުންފުނިތަކުން އިލްތިމާސްކޮށްފިއެވެ.

މާލޭގައި ފެނުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 އަށް ރާއްޖޭން ހަ މީހަކު ޕޮޒިޓިވްވެފައި ވާީ، އެ ވައިރަސް ފެތުރުން ހުއްޓުވަން ސަލާމަތީ ފިޔަވަޅުތައް އަޅަން ކަމާބެހޭ އިދާރާތަކުން އަންގާފައިވާ ކަމަށެވެ. އެހެންވެ ކަސްޓަމަ ސާވިސް ކައުންޓަރަށް ދިއުމުގެ ބަދަލުގައި މޮބައިލް އެޕްލިކޭޝަން އަދި އޮންލައިން ހިދުމަތުގެ ބޭނުން ހިފަން އެ ކުންފުނިން އެދިފައި ވެ އެވެ.

އެ ކުންފުނީގެ އެޕްލިކޭޝަން މެދުވެރިކޮށް، ކިއުގައި ނުޖެހި، ކޮންމެ މަހެއްގެ ފެން ބިލަށް އަރާ ވަރު ބަލައި ފައިސާ ދެއްކޭނެ އެވެ. އޮންލައިނުން، ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ފޯމު ހުށަހަޅައި ގޭގައި ތިބެގެން އެ ހިދުމަތުގެ ސްޓޭޓަސް ބަލައިލެވޭނެ އެވެ.

“ވީމާ، މިފަދަ ދަނޑިވަޅުތަކުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފޯރުކޮށްދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވެ އަމަލުކުރުމަށް އެދެމެވެ. އަދި މި ކުންފުނީގެ ހިދުމަތް ހޯދައި ލިބިގަތުމުގައި މި ދެންނެވި ވަސީލަތްތަކުގެ ބޭނުން ހިފައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހުރިހާ ކަސްޓަމަރުންގެ އަރިހުން އެދެމެވެ،” ބަޔާނުގައި ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!