ކޮވިޑް-19: ބައްޔަށް ޝައްކު ކުރެވޭ މީހަކު ހޮސްޕިޓަލަކުން ފިލައިފި

އިންޑިއާގެ ދެކުނުގެ މެންގަލޫރުގެ ހޮސްޕިޓަލެއްގައި ބާއްވާފައި އޮތް، ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ މީހަކު އެ ހޮސްޕިޓަލުން ފިލައިފި އެވެ.

އިންޑިއާ ފުލުހުން މިހާރު ވަނީ އެ މީހާ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. މިދިޔަ އާދިއްތަ ދުވަހު ދުބާއީން މެންގަލޫރަށް ދިޔަ އެ މީހާ އަށް ކޮރޯނާވައިރަހަށް ޝައްކު ކުރެވޭތީ ވަނީ ހޮސްޕިޓަލްގައި ކަރަންޓީންކޮށްފަ އެވެ.

ނަމަވެސް އެ މީހާ ވަނީ ހަމަ އެ ރޭ ހޮސްޕިޓަލުން ފިލައިފަ އެވެ.

މެންގަލޫރުގެ ހޮސްޕިޓަލްގެ ސިއްހީ އޮފިޝަލުންނަށް އެކަން އެނގިގެން ވަގުތުން ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ. އަދި އެ ސިޓީގައި ވަނީ ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ މީހަކު ފިލިކަން އިއުލާންކޮށް، އާއްމުން އެލާޓަށް ގެނެސްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!