ބިދޭސީން ރީރަޖިސްޓްރީ ކުރުން މެދުކަނޑާލައިފި

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމަށް ފެށި ޕްރޮގްރާމް، މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި މަސައްކަތް ކުރަން އުޅޭ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށް ގެންދާ “ރެގިއުލަރައިޒޭޝަން” ޕްރޮގްރާމް މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ކަމަށެވެ.

އަދި މި ޕްރޮގްރާމް އަލުން ފެށުމުން އެކަން އާންމުކޮށް އަންގާ އިއުލާން ކުރާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މި ޕްރޮގްރާމް މެދުކަނޑާލި ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް، ދުނިޔޭގައި މިހާރު ބާރު ދުވެލީގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭން ފެނުމާ ގުޅިގެން، މީހުން އެއްކޮށްގެން ހިންގާ އެކި އެކި ހަރަކާތްތައް ދަނީ ފަސް ކުރަމުންނެވެ.

މި ބައްޔަށް ރާއްޖެ އިން ވެސް ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!