މުޅި އިޓަލީ ލޮކްޑައުން ކޮށްފި

ކޮވިޑް-19 މިހާރު އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ އިޓަލީ ލޮކްޑައުންއަކަށް ގެނެސްފިއެވެ.

ވައިރަސް ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިހާތަނަށް ކުރި މަސައްކަތަށް ކުރިއެރުމެއް ނުލިބި ފެތުރެމުން ދިޔުމުގެ ސަބަބުން އިޓަލީ ސަރުކާރު ވަނީ ދަތުރުފަތުރު ހުއްޓައި، ހުރިހާ ރައްޔިތުން ގޭގައި ތިބުމަށް އަންގާފައެވެ.

މުޅި ގައުމު ލޮކްޑައުން އަކަށް ދާން ނިންމީ “އެނޫން ގޮތެއް ނެތިގެން” އެއީ މިހާރަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށްވެސް ބޮޑުވަޒީރު ޖުސެއްޕެ ކޮންޓޭ ވިދާޅުވި އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން އިޓަލީވިލާތުން އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު ދަތުރުފަތުރު ކޮށް އުޅުމާ، އާންމުން އެއްވުންތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.

އެޤައުމުން މިހާތަނަށް ވަނީ 7375 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި، އެޤައުމުން 366 މީހުން ވަނީ މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!