އެސްޓީއޯގެ ބޭސްފިހާރައެއް ފަޅާލައިފި

އދ. ދަނގެތީގައި ހުންނަ ސްޓޭޓް ޓްރޭޑިން އޯނައިޒޭޝަން (އެސްޓީއޯ) ގެ ބޭސް ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ އދ. ދަނގެތީގައި ހުންނަ ބޭސްފިހާރައެއް ފަޅާލައި އެ ފިހާރައަށް ގިނަ ގެއްލުންތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:30 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ފިހާރަ ފަޅާލީ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މިހާތަނަށް ބެލި ބެލުމުން، އެ ފިހާރައިން 15،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަސް މިހާރު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަސް ފުލުހުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!