ޝުމްބާ ފުލުހަށް ހާޒިރުކޮށް، ފޯނު އަތުލައިފި

“އެމްވީކްރައިސިސް” ކިޔާ ޓެލެގުރާމް ޗެނަލަކުން ދައުލަތުގެ ސިއްރު މައުލޫމާތުތައް ހާމަކުރާ ކަމަށް ބުނެ، އެ ކޮމިއުނިޓީ ހިންގަމުން އަންނަ އަހުމަދު އަޝްރަފް (ޝުމްބާ) ގެ ފޯނާއި ސިމްކާޑްތައް ފުލުހުން ހިފަހައްޓައިފި އެވެ.

ޝުމްބާގެ ފޯނު ހޯދުމަށް ފުލުހުން ހޯދި ކޯޓު އަމުރުގައި ބުނެފައިވަނީ ޝުމްބާއަށް ތުހުމަތު ކުރަނީ ސޯޝަލް މީޑިއާ ޕްލެޓު ފޯމެއް ކަމަށްވާ އެމްވީ ކްރައިސިސް މެދުވެރިކޮށް ދައުލަތުގެ ސިއްރު މައުލޫމާތު ހުއްދަ ނޫން ގޮތުގައި ހާމަކުރުމާއި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުން ކަމަށެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ހޯދަން ބޭނުންވާ މައުލޫމާތު ކަމަށް ބުނެފައި ވަނީ ޝުމްބާގެ މޯބައިލް ފޯނުތަކާއި، އެފޯންތަކުގައި ބޭނުންކުރާ ސިމްކާޑްތަކާއި މެމޮރީކާޑްތަކާއި، އެތަކެތީގައިވާ ހުރިހާ މައުލޫމާތެއް (ޑޭޓާ) އާއި، އެތަކެތިން ކޮށްފައިވާ މައްސަލައާއި ގުޅުންހުރި އެންމެހާ މުޢާމަލާތްތަކެވެ. އެގޮތުން އެތަކެތި 30 ދުވަހަށް ހިފެހެއްޓުމުގެ އަމުރެއް ވަނީ ކޯޓުން ދީފަ އެވެ.

ކޯޓު އަމުރުގައި ބުނެފައި ވަނީ ޝުމްބާ އަކީ އެމްވީ ކްރައީސް ޕޭޖް ހިންގާފަރާތްކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!