ޓިކެޓް އޮފީހުގެ މުވައްޒަފާއި ފޯކައިދޫއިން ގެންދިޔަ މީހާ ނެގެޓިވް

ކޮވިޑް-19ގެ އަލާމާތްތަކެއް ފެނިގެން ކަރަންޓީނު ކުރި ޔުނިވަރސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފާއި ށ. ފޯކައިދޫއިން ބައްޔަށް ޝައްކުވި ކުރެއްދޫ މުވައްޒަފު ކޮރޯނާއަށް ނެގެޓިވްވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް 19 އަށް ޝައްކުވެގެން ބައްޔަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގި ތިން މީހަކު ބައްޔަށް ނެގެޓިވް ވެފައިވާކަމަށެވެ. އޭގެ ތެރޭގައި ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ އެމިރޭޓްސްގެ ޓިކެޓިން އޮފީހުގެ މުވައްޒަފަކާއި ށ. ފޯކައިދޫން ފަރުކޮޅުފުއްޓަށް ގެނައި ކުރެއްދޫގެ މުވައްޒަފު ހިމެނޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ތިން ވަނަ މީހަކީ ކޮބައިކަން އެޗްޕީއޭ އިން ވިދާޅެއް ނުވެއެވެ.

މިހާތަނަށް ރާއްޖެއިން މިވައިރަސް އަށް ޕޮޒިޓިވް ވެފައިވާ 6 މީހުން ވަނީ ފެނިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!