ސަން ފޮޓޯ

ކައުންސިލް އިންތިހާބު ފަސް ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަން ޕާޓްނަރު އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައިފިއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑުން ދިވެހިން ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފަހުގެ ތާރީޚަކަށް އިންތިޚާބު ފަސްކުރަންޖެހޭ ކަމަށެވެ. އެމަނިކުފާނުގެ އެ ޓްވީޓުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިލެކްޝަންސް ކޮމިޝަނުވެސް ވަނީ ޓެގު ކުރައްވާފައެވެ.

ކޮރޯނާވައިރަހާ ގުޅިގެން، އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ޕާޓީތަކުގެ ކެމްޕެއިން ޖަލްސާތަކާއި ދަތުރުތައް މި ވަގުތަށް މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!