ހުޅުމާލޭ ހޮސްޕިޓަލުންވެސް ބަލިމީހުންނަށް ޒިޔާރަތްކުރުން މަނާ ކޮށްފި

ހުޅުމާލޭ ހޮސްޕިޓަލުންވެސް ބަލިމީހުންނަށް ޒިޔާރަތްކުރުން މަނާ ކޮށްފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ، ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19ގެ ސަބަބުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމުގެގޮތުން، ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ނުރައްކާވެދާނެކަމަށް ފެންނާތީ، އަދި އެންމެންގެ ރައްކާތެރިކަމަށްޓަކައ ހޮސްޕިޓަލުގެ ޞިއްޙީ މިންގަނޑުތައް ދެމެހެއްޓުމަށް ބަލި މީހުންނަށް ޒިޔާރަތްކުރުން އިއްޔެއިން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ.

ނަމަވެސް ކޮންމެ ބަލި މީހަކާއެކު އެއް އެހީތެރިއަކަށް ބަލިމީހާގެ ގާތުގައި މަޑުކުރުމުގެ ފުރުޞަތު ދޭނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!