ޓްރެވެލް ރިލޭޓެޑް ކްލިނިކެއް މާލޭގައި ހުޅުވަނީ

ކޯވިޑް-19 އާއި ގުޅިގެން ޓެރެވަލް ރިލޭޓެޑް ކްލިނިކެއް މާލޭގައި ހުޅުވަން ނިންމައިފިއެވެ.

ކޯވިޑް-19 އާއިގުޅޭގޮތުން ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާލަތާއި ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މި ކްލިނިކް ހުޅުވިގެންދާނީ އަންގާރަ ދުވަހު ހެނދުނު 10:00 ގައި މާލެ ހިޔާ ދޭއްގައި ކަމަށެވެ.

މި ކްލިނިކްގެ މަޤްސަދަކީ ރާއްޖެއިން ބޭރަށް ދަތުރުކުރައްވާފައި ތިބި ފަރާތްތަކުން އަދި ރާއްޖޭގައި ވެސް މިކަމުގެ އަލާމާތްތައް ހުރި ކަމަށް އަމިއްލައަށް ޝައްކު ކުރެވޭ ފަރާތްތަކަށް ގޮސް ޓެސްޓް ކުރެވޭނެ ވަސީލަތެއް ޤާއިމްކޮށްދިނުން ކަމަށެވެ.

އަދި ހުރިހާ ފަރާތްތަކަށްވެސް އެ ކްލިނިކަށް ދިއުމުގެ ފުރުޞަތު އޮންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!