8 ބިދޭސީއަކު ކަރަންޓީން ކޮށްފި

ރާއްޖެއިން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އިތުރު 8 މީހަކު ކަރަންޓީން ފެސިލިޓީ އަކަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓްގައި ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ “ކޮންޓެކްޓް” ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 8 ބިދޭސީން ކަރަންޓީން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮންރަށަކުން ކަމެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހަ މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރެއިން ކުރެއްދޫ ރިސޯޓުން މިހާތަނަށް ޖުމްލަ ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއރު، ދެން ރާއްޖެއިން ޕޮޒިޓިވްވި ދެމީހުންނަކީ ބަތަލާ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިޓަލީގެ ދެފަތުރުވެރިއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!