ވިލަމަންދޫ ރިސޯޓުގެ މުވައްޒަފަކު އެކަހެރިކޮށް ރަށް ލޮކްޑައުން ކޮށްފި

އދ. ވިލަމެންދޫ ރިސޯޓުގައި މަަސައްކަތްކުރަމުންދާ ދިވެހި މުވައްޒަފެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން، އޭނާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރި ޓްވީޓެއްގައި ބުނީ އދ. ވިލަމަންދޫ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސެއްގެ ގައިން ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓު ހެދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި މޮނިޓާ ކުރުމަށާއި “ކޮންޓެކްޓް ޓްރޭސިން” ހެދުމަށް އެރަށަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައި ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. 

ވިލަމެންދޫ ރިސޯޓް ލޮކްޑައުން ކުރަން ނިންމުމާއި ގުޅިގެން މިހާރު ރާއްޖޭގެ ތިން ރަށެއް ވަނީ ލޮކްޑައުން ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބަލި އެންމެ ފުރަތަމަ ފެނުނު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓާއި، އއ. ސޭންޑީސް ބަތަލާ އަދި އދ. ވިލަމެންދޫއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!