ޑަބްލިޔުއެޗްއޯގެ ތަޢުރީފް ރާއްޖެއަށް!

މުޅި ދުނިޔޭގައި ހަލުވި މިނެއްގައި ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކާއި، މިބަލިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯއިން ތަޢުރީފުކޮށްފިއެވެ.

ޑަބްލިޔުއެޗްއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުނަށް ފަރުވާ ދިނުމާއި، ކޮންޓެކްޓިވި މީހުން ދެނެގަތުމާއި، އެ ބައްޔަށް ސްކްރީން ކުރުމަށް ހެލްތު މިނިސްޓްރީއާއެކު އެ ޖަމިއްޔާއިން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީއާއެކު އެޖަމްޢިއްޔާއިން މަސައްކަތް ކުރަމުންދާ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ޑަބްލިޔުއެޗްއޯއިން ބުނީ 1000 ސާމްޕަލް ޓެސްޓު ކުރެވޭ ކޮވިޑް19 ގެ 10 ޓެސްޓިން ކިޓުތަކާއި 250 ޕަރސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ލެބޯޓަރީގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އާލަތްތައް ގާއިމުކޮށް، އެތަނުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ފަންނީ އެހީތެރިކަން ދެމުންދާކަމަށްވެސް އެ ޖަމިއްޔާ އިން އިތުރަށް ބުންޏެވެ.

ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރަވިންދު މާތުރުއާ ޙަވާލާދެއްވާ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 ފެނިފައިވާ މިދަނޑިވަޅުގައި މިވައިރަސް ނައްތާލުމުގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!