އިޓަލީވިލާތުގައި ވައިރަސް ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ

އިޓަލީވިލާތުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ އެޤައުމުގެ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެޤައުމުގެ ބޮޑުވަޒީރު ޖުސެއްޕެ ކޮންތޭވަނީ ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އިޓަލީވިލާތުގެ ބައެއް ހިސާބުތަކަށް މީހުން ވަދެނުކުމެ ނޫޅުމަށް އަނގަވާފައެވެ. އޭގެ ތެރޭގައި 10 މިލިއަން މީހުން ދިރިއުޅޭ މައި ސިނާޢީ ރަށް ލަމްބާޑީގެ އިތުރުން އިޓަލީވިލާތުގެ 4 ސަރަޙައްދެއްގެ 12 ޕްރޮވިންސަކަށް ވަދެނުކުމެ ނޫޅުމަށްވެސްވަނީ އަންގާފައެވެ.

އިޓަލީވިލާތުގެ ސަރުކާރުން ނެރުނު ޤަރާރެއްގެ ދަށުން އެސަރަޙައްދުތަކުގައި ހުންނަ ދާރުލްއާސާރުތަކާއި ސަޤާފީ ސެންޓަރުތަކާއި ސިނަމާތައްފަދަ ތަންތަންވެސްވަނީ ބަންދުކޮށްފައެވެ. އޭގެ އިތުރުން ކައިވެނި ޕާޓީތަކާއި ޖަނާޒާތަކާއި ކުޅިވަރު ޙަރަކާތްތައްވެސް ޤަރާރުގެ ދަށުންވަނީ ހުއްޓުވާފައެވެ. މީގެ އިތުރުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް އިޓަލީވިލާތުގެ ސަރުކާރުންވަނީ އެދިފައެވެ.

މީގެ ކުރިން އިޓަލީވިލާތުގެ ހުރިހާ މަދަރުސާތަކާއި ޔުނިވާސިޓީތައް މާރޗު 15އާހަމައަށް ވަނީ ބަންދުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!