ފޮޓޯ: ސީއެންއެމް

ދިވެހިން އެއްވެސް ގައުމަކަށް ދަތުރުނުކުރެވޭ ގޮތަށް ފިޔަވަޅެއް ނާޅާ

ކޮރޯނާވައިރަހާ ގުޅިގެން ދިވެހިންނަށް ދަތުރުނުކުރެވޭ ގޮތަށް އެއްވެސް ގައުމަކުން އަދި ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ވައިރަހާ ގުޅިގެން ސަރުކާރުން ވަނީ އިޓަލީ އާއި ބަންގްލަދޭޝް އާއި އިރާން އަދި ދެކުނު ކޮރެޔާގެ ދެ ސަރަހައްދަކުން ރާއްޖެ އަށް މީހުން އައުން މަނާކޮށްފައެވެ. އަދި ޗައިނާ އިން ފުރައިގެން ސީދާ ރާއްޖެ އަންނަ މީހުންނާއި ޗައިނާގައި މަޑުކުރުމަށް ފަހު ރާއްޖެއަށް މީހުން ނާދެވޭ ގޮތް ހެދުމާއި ޗައިނާ އިން ސީދާ ރާއްޖެ އަށް ފްލައިޓުތައް އައުން ވެސް ވަނީ މަނާކޮށްފައެވެ.

ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ސަރުކާރުން މިފަދަ ފިޔަވަޅުތަކެއް އެޅި ނަމަވެސް އެއްވެސް ގައުމަކުން ދިވެހިންނަށް ދަތުރު ނުކުރެވޭ ގޮތަށް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފުންނާއި ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!