ކޮވިޑް-19: މާލެ އިން ބަލީގެ އަލާމާތް ހުރި މީހަކު ފެނިއްޖެ

މާލެ އިން ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރި މީހަކު ފެނިފައިވާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރޯނާ ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މާގިރި ހޮޓެލްގެ 15 މީހަކާ އެ ޓޫރިސްޓް ކޮންޓެކްޓްވި އެވެ. އެ އެންމެން ވެސް އެކަހެރިކޮށްފައިވާއިރު އެއިން މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެނެ އެވެ. ނަމަވެސް އެ ޓޫރިސްޓް، ޓިކެޓް ގަތް ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޭނާ ކަރަންޓީނުކޮށް ސާންޕަލްތައް މިއަދުގެ ވަގުތެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އޭނާ ކަރަންޓީނު ކުރަނީ ފަރުކޮޅުފުށީގަ އެވެ.

މީގެކުރިން ސަރުކާރުން ހާމަކުރި ގޮތުގައި އިޓަލީ މީހާ ޖުމްލަ 173 މީހަކާ އެކި ގޮތްގޮތުން ކޮންޓެކްޓްވިކަން ކޮންޓެކްޓް ޓްރޭސިންއިން ފާހަގަ ކުރެވިފައިވެ އެވެ.

އެ ޓޫރިސްޓަކީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރި މީހެކެވެ. އޭނާގެ ފަރާތުން އެ ރިސޯޓްގެ ދެ މުވައްޒަފަކަށް ކޮރޯނާ ވައިރަސް ވަނީ ފެތުރިފަ އެވެ. އެ ދެ މީހުން މިހާރު ތިބީ ކަރަންޓީނުކޮށްފަ އެވެ.

އެ ދެ މީހުން ކޮރޯނާއަށް ޕޮޒިޓިވްވި ނަމަވެސް ހާލު ރަނގަޅުވަމުން އަންނަ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!