ޓީވީ ސްޓާ: އޭހާރާ މިހާރު # 2

ގޭގެ ސިޓިންގް ރޫމްގައި ތިބެގެން ބަލަމުން މި ގެންދާ ހިންދީ ޑްރާމާ ތަކުގައި މި އުޅޭ ތަރިންނަކީ ދިވެހިންގެ ހިތުން ފުހެވިގެން ނުދާނެ ބައެކެވެ. ދިވެހިންގެ ތެރޭގައި އެ ތަރިންގެ މަޝްހޫެރު ކަންވެސް ވަކި ކުޑައެއް ނޫނެވެ. މީ ޑްރާމާ ސީރީޒް ތަކުން ފެނިގެންދާ ބައެއް ތަރިންނަށް މި ވޭތުވެ ދިޔަ އަހަރު ތަކުގައި ބަދަލު އައިސްފާވާ މިންވަރު ވަޒަން ކޮއްލުން ކިހިނެއް ވާނެ ހެއްޔެވެ.؟

ޝާހިރް ޝެއިޚް

މަގުބޫލް ޑްރާމާ ތަކެއް ކުޅެފައިވާ ޝާހިރް އަށް ވަނީ މި ވޭތުވެ ދިޔަ އަހަރު ތަކުގައި ބޮޑު ބަދަލެއް އައިސްފައެވެ. ތެރި މެރި ލަވް ސްޓޯރީ، ދާސްތާނޭ އިޝްގް، ކުޗްރަންގް ޕިޔާރްކާ އަދި ޔޭ ރިޝްތާހޭ ޕިޔާރް ކީ ފަދަ ޑްރާމާ ތަކުން ފެނިގެންދިޔަ ޝަހީރް އަށް އައި ބަދަލް މި ފޮޓޯއިން ބުނެދެއެވެ.

ނުކުލް މެހެތާ

އިޝްގް ބާޒް އިން މަޝްހޫރު ވެގެން ދިޔަ ނުކުލް ޑްރާމާ ކުޅެންފެށީ 2012 ވަނަ އަހަރު ގެ ޑްރާމާ ޕިޔާރް ކާ ދަރްދް ހޭ މީޓާ މީޓާ ޕިޔާރާ ޕިޔާރާ އިންނެވެ. 2005 ވަނަ އަހަރު އޭނާ ވަނީ ފިލމީ ދާއިރާގައި މަސައްކަތް ކުރަން ފަށާފައިއެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ ދިލް ބޯލޭ އޮބްރޯއީ ކިޔާ ޑްރާމާ އަކުންނެވެ.

ކަރަން ވާހީ

ފިލްމު ކުޅުމުގެ އިތުރުން ކަރަންއަކީ ހޮސްޓެއްވެސް މެއެވެ. 2009 ވަނަ އަހަރު ގެ ޑްރާމާ ދިލް މިލްގަޔޭ އިން ވިދާލީ ކަރަން ވަނީ ބައެއް ފިލްމް ތަކުން ވެސް ފެނިގެން ގޮސްފައިއެވެ. ޖަލަކް ދިކްލާޖާ އަދި ނަޗްބަލިއޭ ފަދަ ބޮޑެތި މަޝްހޫރު ސޯތަށް އޭނާ ވަނީ ހޯސްޓްކޮށްދީފައިއެވެ.

އަރުޖުން ބިޖްލާނީ

2004 ވަނަ އަހަރު ކާރިކާ ކިޔާ ޑްރާމާ އަކުން މިދާއިރާއަށް ނިކުތް އަރުޖުން އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލް އެކްޓާއެކެވެ. ބައެއް ފިލްމް ތަކުން ފެނިގެން ގޮސްފައިވާ މި އެކްޓާ ވަނީ ބައެއް ޝޯތަށް ވެސް ހުށައަޅައިދީފައިއެވެ. އެންމެ ފަހުން އަރުޖުން ފެނިގެން ދިޔަ ޑްރާމާ އަކީ ނާގިން 3 އެވެ.

ކަރަންސިންގ ގްރޯވާރ

ދިލް މިލް ގަޔޭ އިން މި އިންޑަސްޓްރީއަށް ނިކުތް އަދި އާންމުންގެ މެދުގައި މަގުބޫލް ކަމެއް ހޯދި ކަރަން އަކީ ރީތި ޑްރާމާތަކެއް ކުޅެ ފައިވާ އެކްޓާއެކެވެ. އޭގެ އިތުރުން އޭނާ ވަނީ ބައެއް ފިލްމު ތަކުން ވެސް ފެނިގެން ގޮސްފައިއެވެ. އޭގެތެރޭގައި އަންހެނުން ބަތަލާ ބިޕާޝާ ބާސޫ އާއެކު ފެނިގެން ދިޔަ އެލޯން ފާހަގަ ކޮށްލެެވެއެވެ. މިހާރު ކަރަން ފެނިގެން ދަނީ މަޝްހޫރު ޑްރާމާ ކަސޯޓީ ޒިންދަގީކީ ގެ ބަޖާޖް ގެ ރޯލުންނެވެ.

މީ މަޝްހޫރު ސެލެބްރިޓީންގެ އެހާރާ މިހާރު ގެ ހުރި ތަފާތުތަށް ވަޒަން ކޮއްލުމަށް ސިލްސިލާ ކޮށް ގެނެސް ކޮންމެ ހޯމަ ދުވަހަކު ކިޔުން ތެރިންނަށް ގެނެސް ދިނުމަށް އެހާރާ މިހާރު ގެ ނަމުގައި ކުރިޔަށް ގެންދާ ބައެކެވެ.

  1. މިއާޓިކަލްގައި މައުލޫމާތު އޮޅުން ބޮޅުން ވެފައި މިހުރީ

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!