މިއަހަރުގެ ފުރަތަމަ ސުޕަމޫން މިރޭ

2020 ވަނަ އަހަރުގެ ފުރަތަމަ “ސުޕަރ މޫން” ރާއްޖެއަށް މިރޭ ފެންނާނެ ކަމަށް ފަލަކީ ޢިލްމުވެރިން ބުނެއެވެ.

ފަލަކީ އިލްމު އުނގެނިވަޑައިގެން ހުންނެވި އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރެއަކީ މިއަހަރުގެ ފުރަތަމަ ފުލްމޫން ނުވަތަ ސުޕަ މޫން ހިފާނެ ރޭ ކަމަށާއި، މިރޭ 22:48 ގައި ރާއްޖެއަށް ވަރަށް ސާފުކޮން މިއަހަރުގެ ފުރަތަމަ “ސުޕަރ މޫން” ފެނިގެން ދާނެކަމަށެވެ.

މި އަހަރު ބައެއް މަސްމަހުގެ ހަނދުބޮޑުވާ ދުވަސްވަރު ތިން މާ ހަނދު ފެންނާނެ އެވެ. އެއީ، މިރޭ (ރަޖަބު މަހުގެ 15 ވިލޭރެ) އާއި، އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ (ޝަޢުބާން މަހުގެ 16 ވިލޭރެ) އާއި މެއި 7 ވަނަ ދުވަހުގެ ރޭ (ރަމަޟާން މަހުގެ 15 ވިލޭރެ) އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!