ރިސޯޓުގެ ގޮނޑުދޮށުން ކިނބުލެއް ފެނިއްޖެ

ޖުމެއިރާ ވިޓަވެލި ރިސޯޓުގެ ގޮނޑުދޮށުން ހަތަރު ފޫޓުގެ ކިނބުލެއް މިއަދު ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މި ކިނބޫ ފެނިގެން އެމްއެންޑީއެފް ކޯސްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް (އެމްއާރްސީސީ) ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 10:32 ހާއިރު ކަމަށެވެ.

މި ކިނބޫ ފެނިފައިވަނީ އެ ރިސޯޓުގެ ގޮނޑުދޮށުގައި އޮއްވައި އެ ރަށުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކަށް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

“މި ކިނބުލާއި 15 ފޫޓަށް ކައިރިވިތަނުން ކިނބޫ މޫދަށް ފައިބައިގެން ދިޔައީ ކަމަށް އެ ރިސޯޓުގެ ސްޓާފް މައުލޫމާތު ދީފައިވޭ” އެމްއެންޑީއެފުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!