ބަންގްލަދޭޝް އިން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފި

ފެތެރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ބަންގްލަދޭޝް އިން ރާއްޖެއަށް އަންނަ މީހުން އެތެރެވުން ވަގުތީ ގޮތުން މަނާ ކޮށްފި އެވެ.

ބަންގްލަދޭޝް އިން އިއްޔެ ކޮވިޑް-19 ފެނުމާއި ގުޅިގެން ރާއްޖޭގެސިވިލް އޭވިއޭޝަން އޮތޯރިޓީން ދެންމެ ނެރުނު ސާކިޔުލާއެއްގައި ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ފާއިތުވި 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝަށް ދަތުރު ކޮށްފައިވާ މީހަކު ރާއްޖެއަށް އެތެރެވުމާއި ޓްރާންސިޓްވުން ވެސް މާދަމާ އިން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް މަނާ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް މީގެ ތެރެއިން ބަންގްލަދޭޝް އިން ރާއްޖެ އަންނަ ދިިވެހިންނާއި ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުން އިސްތިސްނާވާނެ ކަމަށް އެ ސާކިޔުލާގައި ބުނެފައިވެ އެވެ.

ބަންގަލަދޭޝް އިން އެ ބަލި ފެނިފައިވަނީ އިޓަލީގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ ދެމީހެއްގެ ގައިންނާއި އެ ދެ މީހުންގެ އާއިލާގެ މީހެއްގެ ގައިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!