ފިޔަވަޅު އެޅީ ސަލާމަތަށް: ސުދައިސް

މުސްލިމުންގެ އެންމެ މުގައްދަަސް ދެ މިސްކިތް ކަމަަށްވާ މަސްޖިދުލްހަރާމް އަދި މަސްޖިދުއްނަބަވީގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަަށް މައްކާގެ ހަރަމްފުޅުގެ އިސް އިމާމު އަދި ދެ ހަރަމްފުޅު ބަލަހައްޓާ އިދާރާގެ ރައީސް ޝަައިހް އަބްދުއްރަހްމާން އަލް ސުދައިސް ވިދާޅުވެއްޖެ އެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން ސައުދީ ސަރުކާރުން ވަނީ ދެ ހަރަމްފުޅުގައިވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އުމްރާގެ އަޅުކަން އަދާ ނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އަދި ދެ ހަރަމްފުޅުވެސް އިޝާއަށް ފަހު ބަންދުކުރުމާއި، ކައުބާ ވަށަައިގެން ތޮވާފްކުރާ ސަރަހައްދުގެ ބޮޑު ބައެއް ބަންދު ކުރުމާއި، ޒަމްޒަމް ފެން ލިބޭ ގޮތަށް ހަރަމްފުޅުގެ ވަށައިގެން ހުރި ހުރިހާ އިސްކުރުބަރިތައް ބަންދު ކުުރުމާއި، ހަރަމްފުޅަށް ކާބޯތަކެތި ވެއްދުން މުޅިން މަނާކޮށްފައެވެ.

އެ ފިޔަވަޅުތަކާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ބައެއް ފަރާތްތަކުން ގެންދަނީ ސައުދީ ސަރުކާރާ ގުޅުވާ ތަފާތު ވާހަކަތައް ދައްކަމުންނެވެ.

މީގެ އިތުރުން އާދިއްތަ ދުވަހުގެ ހަވީރު ބަޔަކު މީހުން ވަނީ ގަދަކަމުން ހަރަމްފުޅުތެރެއަަށް ވަދެގެންފައެވެ. އެމީހުން ހަރަމްފުޅުތެރެއަށް ވަދެގެންފައިވަނީ ސިފައިންގެ ސަފުތައް ފަޅާލާފައެވެ.

އެ އަމަލަށް އިޝާރާތް ކުރައްވާ ދެ ހަރަމްފުޅުގެ އިމާމް ޝައިހް ޝުދައިސް ވަނީ ރޭގެ އިޝާ ނަމާދަށް ފަހު ހަރަމްގައި ވާހަކަފުޅު ދައްކަވާފައެވެ. ޝައިހް ވިދާޅުވީ މިހާތަނަށް އަޅާފައިވާ ކޮންމެ ފިޔަވަޅަކީވެސް އެންމެންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި އެ ހުރިހާ ކަމަކަށް ހުރިހާ ރައްޔިތުންވެސް އިހްތިރާމް ކުރުމަށް އެދޭ ކަމަށެވެ.

އަދި ކޮރޯނާގެ ނުރައްކާތެރިކަން ނެތިގެން ދިއުމާއެކު ހަރަމްފުޅު ހުޅުވާ އާންމު އުސޫލުން ކަންކަން ހަމަޖެހިގެންދާނެ ކަމަަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!