މަޖިލީހުގައި ޖާބިރު އިޓަލީ ބަހުން ވާހަކަ ދައްކަވައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިޓަލީ ބަހުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވައިފިއެވެ.

ޖާބިރު އިޓަލީ ބަހުން މަޖިލީހުގައި ވާހަކަދެއްކެވީ ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުން ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވާ ކަމަށް ބުނެ މަޖިލީހަށް އޭނާ ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުންނެވެ.

އެގޮތުން ޖާބިރު ވަނީ އިޓަލީން ރާއްޖެ އަށް މީހުން އައުން ވަގުތީ ގޮތުން މަޑުޖައްސާލަން ސަރުކާރުން ނިންމުމާ ގުޅިގެން އިޓަލީގެ ސަފީރާ ބައްދަލުކުރައްވައި ވާހަކަ ދައްކަވާފައިވާ ކަމަށާއި އެކަމަނާ ވެސް އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވި ކަމަށެވެ.

އަދި ގައުމުތަކުން މީހުން އައުން މަނާކުރުމަށް ނިންމި ނިންމުން ބަދަލުކޮށް، ސްކްރީން ކުރެވޭނެ ނިޒާމު ހަރުދަނާ ކުރުން މާ މުހިއްމު ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ. އެއަށްފަހު ޖާބިރު ވަނީ އިޓަލީގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނާއި މުހާތަބުކޮށް އިޓަލީ ބަހުން ވާހަކަދައްކަވާފައެވެ.

ޖާބިރު އިޓަލީ ބަހުން ވާހަކަދައްކަވަން ފެއްޓެވީ މަޖިލީހުގައި ވާހަކަނުދެއްކޭނެ ބަހެއް ނޯންނާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އިޓަލީ ބަހުން ޖާބިރު ވާހަކަދައްކަވާ ނިމުމާ ގުޅިގެން ބައެއް މެމްބަރުން ވަނީ ކީ އެއްޗެއް ސާފުނުވާކަމަަށް ވިދާޅުވެ، އެ ވާހަކަތައް ތަރުޖަމާކޮށްދެއްވުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.

  1. ޖާބިރުގެ އަމިއްލަ އެދުން ބޮޑުކަން މި ފެންނަނީ. މީނަ އިޓަލީ ބަހުން ވާހަކަދެއްކީމަ ރައްޔިތުން އެއަށް އަތްޖަހާ އެ ވީޑިއޯ ޝެއަރ ކުރިއިރު އޭގައި ކީ އެއްޗެއް އެނގޭބާ؟ އިޓަލީ ބަހުން ދެއްކި ވާހަކައިގައި ޖާބިރު ބާރުއެޅީ އިޓަލީ މީހުން ގެންނަން. މިފަދަ ވީޑިއޯތައް ޝެއަރ ކުރާ މީހުންވެސް އެ ހިތްވަރުދެނީ ސުންނަތާއި ދެކޮޅަށް… ތަނެއްގައި ބަލި މަޑުކަމެއް އޮއްވައި އެތަނަކަށް އަރާނުފޭބުމަށް އަންގަވާފައިވާ ބަސްފުޅާއި ދެކޮޅަށް ޖާބިރު ވާހަކަ ދެއްކީމަވެސް އަތްޖަހަން ތިބޭ

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!