ކޮވިޑް-19: ބަލި ޖެހުނު 60000 މީހުން ރަނގަޅުވެއްޖެ

ދުނިޔޭގައި ހަލުވިކަމާ އެކު މިހާރު ފެތުރޭ ކޮރޯނާވައިރަސް 95 ގައުމެއްގެ 106،211 މީހުންނަށް ޖެހުނު ނަމަވެސް އޭގެ ތެރޭން 60،213 މީހުން ރަނގަޅުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާ އިން ފެނުނު ކޮރޯނާވައިރަހުގައި މިހާތަނަށް މަރުވެފައި ވަނީ 3،600 މީހުންނެވެ. ކޮވިޑް-19 ޖެހިފައިވާ ބަލި މީހުންގެ ގޮތުގައި މިހާރު ތިބީ 42،398 މީހުންނެވެ. އޭގެ ތެރޭން 36،362 މީހުންނަކީ ބަލީގެ ވަރަށް އާދައިގެ އަލާމަތްތައް ފެންނަން ހުރި މީހުންނެވެ. ސީރިއަސް ހާލަތެއްގައި ތިބީ 6،036 މީހުންނެވެ.

ބަލި ޖެހުނު: 106،211

މަރު: 3،600

ރަނގަޅުވި: 60،213

ޗައިނާ އިން ވަނީ 80،696 މީހުންނަށް ކޮވިޑް-19 ޖެހިފަ އެވެ. އޭގެ ތެރޭން 57،106 މީހުން ވަނީ ރަނގަޅުވެފަ އެވެ. ކޮވިޑް-19 އަށް ޗައިނާގައި މިހާރު ފަރުވާ ދެނީ 20،493 މީހުންނަށެވެ. ސައުތު ކޮރެއާ އިން ވަނީ 7،134 މީހުންނަށް ބަލިޖެހިފަ އެވެ. އޭގެ ތެރޭން 118 މީހުން ވަނީ ރަނގަޅުވެފަ އެވެ. މަރުވީ 50 މީހުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!