ކޮވިޑް-19: މިލަންދޫއަށް އަންނަ ފަރާތްތަކުން 7 ދުވަސް ވަންދެން ގޭގައި މަޑުކުރުމަށް އިލްތިމާސްކޮށްފި

ށ. މިލަންދޫއަށް އަންނަ ފަރާތްތަކުން 7 ދުވަސް ވަންދެން ގޭގައި މަޑުކުރުމަށްފަހު ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ އެކަން މިލަންދޫ ސިއްޙީ މަރުކަޒަށް އެންގުމަށް މިލަންދޫ ސިއްޙީ މަރުކަޒުން އިލްތިމާސްކޮށްފި އެވެ.

މިލަންދޫ ސިއްޙީ މަރުކަޒުން ވަނީ ޔެލޯ އެލާޓުގައި އެރަށު މީހުން އަމަލު ކުރައްވަންވީ ގޮތުގެ އިރުޝާދު އާންމު ކުރައްވާފައެވެ. އެގޮތުން ރަށުން ބޭރަށް ގޮއްސައި އަންނަތާ 7 ދުވަސް ވަންދެން ގޭގައި މަޑުކޮށް ރޯގާގެ އަލާމާތެއް އަލާމާތެއް ފެނިއްޖެނަމަ 6540519 އަށް ގުޅާ އެކަން އެންގުމަށް މިލަންދޫ ސިއްޙީ މަރުކަޒުން އިލްތިމާސް ކުރައްވައެވެ.

ބަނދަރުމަތިން އެކަމަށް ޙާއްސަކުރެވިފައިވާ ފަރާތެއް މައުލޫމާތަށް އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު ދިނުމަށާއި މިލަންދޫ ސިއްޚީމަރުކަޒުން އެދިއްޖެ ހާލަތެއްގައި ގޭގައި ނުވަތަ ކަރަންޓީން ފެސިލިޓީގައި މަޑުކުރުމަށްވެސް މިލަންދޫ ސިއްޙީ މަރުކަޒުން އިލްތިމާސް ކުރައްވައެވެ.

އެގޮތުން މިލަންދޫ ބަނދަރުން ލަފާ އަދި ފުރާ ހުރިހާ ފަރާތްތައް ދެނެގަނެ އެފަރާތް ވޭތުވެދިޔަ 14 ދުވަސްތެރޭ ގޮސްފައިވާ ގައުމުތަކާއި، އަރާފައިބާފައިވާ ރަށްތައް ދެނެގަނެވޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަދި މިލަންދޫއަށް ރަށުންބޭރުން އަރާ އެންމެހާ ފަރާތްތައް ހަތް ދުވަސް ވަންދެން ގޭގައި މަޑުކުރުމަށްވަނީ އެރަށު ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފައެވެ. އަދި މިދުވަސްވަރު ކޮންމެހެން ރަށުން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި ނޫނީ ރަށުންބޭރަށް ފުރައިގެން ނުދިއުމަށްވެސް އެރަށުގެ ރައްޔިތުންނަށްވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ވަނީ އެރަށު ސިއްހީ މަރުކަޒުގައި އެޑްމިޓްކުރެވިފައިވާ ބަލިމީހުން ކައިރިޔަށް ޒިޔާރަތްކުރުން ވެސް މަނާ ކުރެވިފައިވާ ކަމަށެވެ. އަދި މިލަންދޫގައި ހިންގާ ޓިއުޝަން ކްލާސްތަކާއި، ގުރުއާން ކްލާސްތައް ވަގުތީގޮތުން މެދުކަނޑާލުމަށްވެސް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19އަށް ހަތަރު މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން ކުރެއްދޫ އައިލެންޑް ރިސޯޓުން ދެ ބިދޭސީއަކު ޕޮޒިޓިވް ވެފައިވާއިރު، އަނެއް ދެ ބިދޭސީން ޕޮޒިޓިވް ވެފައިވަނީ ސޭންޓީޒް ބަތަލާ ރިސޯޓުންނެވެ. އެހެންކަމުން އެދަރަށަށް މިވަގުތުވަނީ އަރާ ފޭބުން މަނާ ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!