ކޮވިޑް-19: މިލަންދުއަށް އަަރައި ފައިބާ މީހުންގެ މައުލޫމާތު އެއްކުރަނީ

ކޮވިޑް19 އަށް ޝައްކު ކުރެވޭ މީހަކު މިލަންދޫއަށް ގޮސް އުޅުނު ކަމުގެ މައުލޫމަތު ލިބުމާ ގުޅިގެން، އެރަށަށް އަރައި ފައިބާ މީހުން ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ.

މިލަންދޫ ސިއްހީ މަރުކަޒުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކޮވިޑް19ގެ އަސަރު ހުރި ކަމަށް ޝައްކު ކުރެވޭ މީހަކު މިލަންދުއަށް ގޮސް އުޅުނުކަމަށް މައުލޫމާތު ލިބިފައިވުމުން، އެރަށު ސިއްހީ މަރުކަޒާއި މިލަންދޫގެ އެހެނިހެން މުއައްސަސާތަކާއި، އެކުލަވާލާފައިވާ ޓާސްކް ފޯހުން އެރަށަށް އަރައި ފައިބާ މީހުން ދެނެގަތުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިލަންދޫ ބަނދަރުން ލަފާ އަދި ފުރާ ހުރިހާ ފަރާތްތައް ދެނެގަނެ އެފަރާތް ވޭތުވެދިޔަ 14 ދުވަސްތެރޭ ގޮސްފައިވާ ގައުމުތަކާއި، އަރާފައިބާފައިވާ ރަށްތައް ދެނެގަނެވޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ވަނީ އެރަށު ސިއްހީ މަރުކަޒުގައި އެޑްމިޓްކުރެވިފައިވާ ބަލިމީހުން ކައިރިޔަށް ޒިޔާރަތްކުރުން ވެސް މަނާ ކުރެވިފައިވާ ކަމަށެވެ. އަދި މިލަންދޫގައި ހިންގާ ޓިއުޝަން ކްލާސްތަކާއި، ގުރުއާން ކްލާސްތައް ވަގުތީގޮތުން މެދުކަނޑާލުމަށްވެސް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19އަށް ހަތަރު މީހަކުވަނީ ޕޮޒިޓިވް ވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!