ކޮވިޑް-19: އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު އަވަހާރަވެއްޖެ

ކޮވިޑް-19 ޖެހިގެން އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު އަނެއްކާވެސް އަވަހާރަވެއްޖެ ކަމަށް ރަސްމީ ނޫސް އެޖެންސީ އިރްނާ އިން ބުނެފި އެވެ.

ނޫސް އެޖެންސީން ބުނީ އުމުރުން 55 އަހަރުގެ ފާތިމާ އަހުބާރު ގާނޫނު ހަދާ މަޖިލީހަށް ފެބްރުއަރީ މަހު އިންތިޚާބުވެފައި ވަނީ ވެރިރަށް ތެހެރާނުންނެވެ. އޭނާ އަކީ ކޮރޯނާވައިރަހުގައި އީރާނުން މަރުވި ގާނޫނު ހަދާ މަޖިލީހުގެ ދެ ވަނަ މެމްބަރެވެ. ކޮވިޑް-19 ޖެހިގެން އީރާނުގައި މިހާތަނަށް ވަނީ ސަރުކާރުގެ ހަތް އޮފިޝަލަކު މަރުވެފަ އެވެ. އޭގެ ތެރޭގައި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޚާއްސަ މުޝީރެއް ވެސް ހިމެނެ އެވެ.

ކޮރޯނާވައިރަހުގައި އީރާނުން މިހާތަނަށް 145 މީހުން މަރުވެފައިވާ އިރު ބަލި ވަނީ 6،000 މީހުންނަށް ޖެހިފަ އެވެ. އީރާނުން މިހާރު ވަނީ ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކޮށް އާއްމު އެއްވުންތައް ބޭއްވުން މަނާކޮށްފަ އެވެ.

އީރާނުގެ 31 ޕްރޮވިންސަށް ކޮރޯނާވައިރަސް ވަނީ ފެތުރިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!