އެމްއާރުސީ އަށް އާ ސެކްރެޓަރީ ޖެނެރަލް އެއް

މޯލްޑިވިއަން ރެޑްކެރެސެންޓް ސޮސައިޓީ (އެމްއާރްސީ) ގެ އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފާތުމަތު ހިމްޔާ ހަމަޖައްސައިފި އެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރާ ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ ވޯލްޑް ރެޑްކްރެސެންޓް ޖަމިއްޔާގެ ރާއްޖޭގެ ގޮފީގެ އެސްޖީގެ މަގާމަށް ހަމަޖެއްސެވި ހިމްޔާއަކީ މީގެ ކުރިން ވެސް އެ ޖަމިއްޔާގައި ގިނަ ދުވަސް ތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ގާނޫނަކުން ބާރު ލިބިގެން އުފައްދާފައިވާ މޯލްޑިވްސް ރެޑްކްރެސެންޓް ޖަމިއްޔާގައި މިހާތަނަށް ހިމްޔާ ހުންނެވީ މެނޭޖަރެއްގެ މަގާމެވެ. އެމްއާރުސީ އުފެދުނީއްސުރެން ފެށިގެން މި ޖަމިއްޔާގައި މަސައްކަތް ކުރާ އެންމެ ދުވަސްވީ މުވައްޒަފުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!