ފެނަކަ ކޯޕަރޭޝަންގެ ކްލީނިންގް ޑޭއެއް ފާހަގަ ކުރަނީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެ ކުންފުނީގެ ހުރިހާ ބްރާންޗްތަކެއް ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ފެނަކަ ކޯޕަރޭޝަންއިންބުނީ މިއިވެންޓަކީ އެކޯޕަރޭޝަންގެ ހެޑް އޮފީހާއި ހުރިހާ ބްރާންޗްތަކެއް ހިމެނޭގޮތަށް ކުރިއަށްގެންދެވޭ ޙަރަކާތެއްކަމަށެވެ. އެގޮތުން ފެނަކަ ހެޑް އޮފީހާއި، އަތޮޅުތެރޭގައި ހުރި ހުރިހާ ބްރާންޗް ތަކެއްގެ މުވައްޒަފުން މިޙަރަކާތުގައި ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، ސާފުކުރުމުގެ އެފަދަ ހަރަކާތެއްގެ މަގްސަދަކީ ކުންފުނިން ހިދުމަތްދޭ އޮފީސްތަކުގައި މަސައްކަތް ކުރާ މުއައްޒަފުން މަސައްކަތް ކުރާ މާހައުލަކީ ސާފުތާހިރު އަދި ހިފަހައްޓަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ހިފަހައްޓާފައިވާ ތަންތަން ކަމުގައި ކަށަވަރުކުރުން ކަމުގައެވެ. އަދި ފެނަކަ އަކީ ރާއްޖޭގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ބޮޑު އާބާދީއަކަށް ދޭ ކުންފުންޏަކަށް ވުމުން ކުންފުނީގެ ހިދުމަތްތައްދޭ އޮފީސްތަކަކީ ކުންފުނީގެ ހިދުމަތް ލިބިގަންނަ އާންމު ރައްޔިތުންނާއި ކުންފުނީގެ މުއައްޒަފުންނަށް ރައްކާތެރި ތަނަކަށް ހެދުން ކަމުގައި ފެނަކަ އިން ބުނެ އެވެ.

“ފެނަކަ ކްލީނިން ޑޭ 2020” ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި އެ ކުންފުނީގެ އިންޖީނުގެ ތަކުގެ ކޭބަލްތައް ގެންގޮސްފައި ވަނީ ރަނގަޅަށްތޯ ބަލައި، ކޭބަލްތަކުގެ އިންސިއުލޭޝަން ހަލާކުވެފައި ނެތްކަން ޔަގީންކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

އަދި ވިހަ އަދި ހުޅުހިފާ ޒާތުގެ އެއްޗެހި އަޅާ ކުނިވަށި ހުރީ ވަކިން ފާހަގަ ކުރެވި ހުއްދަދެވިފައިތޯ ބެލުމާއި ވިހަ އަދި ހުޅުހިފާ ޒާތުގެ ނައްތާލަންޖެހޭ ކެމިކަލްސް ހިފާގެންގުޅެނީ ރަނގަޅަށްތޯ ބެލުމާއި އަދި ގޭސް ސިލިންޑަރުތައް ރައްކާކުރެވިފައިހުރީ ގަދަ ހޫނާއި، އަލިފާނާއި ދުރުގައިތޯ ބެލުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން، ތެޔޮ ރައްކާކޮށް ބެހެއްޓިފައި ހުރީ އީޕީއޭގެ އުސޫލުތަކުގެ ތެރެއިންތޯ ބެލުމާއި ކެމިކަލްތައް ރައްކާކުރެވިފައި ހުރީ ރަނގަޅަށް ލޭބަލްކުރުމަށްފަހުތޯ ބެލުމުގެ އިތުރުން މުއްދަތު ހަމަވެފައިވާ ތަކެތި އުކާލެވިފައިވޭތޯ ވެސް މި ހަރަކާތުގެ ތެރެއިން ބަލާނެ ކަމަށް ފެނަކަ އިން ބުނެ އެވެ. އަދި ހުޅުރޯވާ އަދި ގޮވާ ތަކެތި ރައްކާކޮށްފައި ހުރީ “ހުޅުރޯވާ” ނިޝާން ޖަހައި ސޭފްޓީ ކޭސްތަކުގައިތޯ ބަލެމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފެނަކައިން އިތުރަށް ބުނެފައި ވަނީ ސާފުކުރުމުގެ މި ހަރަކާތުގެ ތެރެއިން ގުދަން ކުރެވިފައިވާ ތަކެތި ހުރީ މަސައްކަތް ކުރާ މީހުންނާއި އެއްޗެހި ދައުރު ކުރާ މީހުންނަށް ހުރަސް ނޭޅޭނެ ގޮތަށް ވަކިވަކިންތޯ ބަލާނެ ކަމުގައެވެ. އަދި އެޗްއައިޑީ އަދި މާކިއުރީ ވޭޕާ ލޭމްޕް ފަދަ ތަކެތި ރަނގަޅަށް ރީސައިކަލްވޭތޯ އާއި އަދި މި ހަރަކާތުގެ ދަށުން މުއްޒަފުންނަށް ސްޓޭންޑާޑް އޮޕަރޭޓިންގް ޕްރޮސީޖާ އާއި ސޭފްޓީ ޑާޓާ ޝީޓް ވަގުތުން ލިބެން ހުރިތޯ ބަލާނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.

މި ޙަރަކާތް ހިންގުމަށް ރޭވިފައިވަނީ 14 މާރޗް 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 07:00 ން މެންދުރުފަހު 16:00 އާ ދެމެދުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!