ފޮޓޯ: މިހާރު ނޫސް

އިންތިހާބު ފަސް ކުރުމާއި މެދު ޕާޓީތަކާއި އެކު މަޝްވަރާ ކުރަނީ

ކޮވިޑް-19 ގެ ސަބަބުންނާއި އަދި އެ ވައިރަސް މިހާރު ދިވެހިރާއްޖެއިން ވެސް ފެނިފައިވާތީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާއި އެކުގައި ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ގުޅިގެން މަޝްވަރާ ކުރެއްވި ކަމަށާއި އެކަމުގައި ސަރުކާރުން ގޮތެއް ނިންމަވާނީ އެންމެންގެ ހިޔާލާއެކު ކަމަށެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ސިޔާސީ ޕާޓީތަކުން ވަނީ އެ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތްތައް މަޑުޖައްސާލުމަށް ނިންމާފައެވެ. އެގޮތުން އެމްޑީޕީން އެ ޕާޓީގެ ކެމްޕޭނު ހަރަކާތްތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ފަހު، ސޯޝަލް މިޑިއާގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާއިރު، ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ އެ ދެ ޕާޓީން ކުރިޔަށް އޮތް ތާނގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައެއް ޖަލްސާތަކާއި އިވެންޓުތައް ފަސްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!