ހިތަދޫގައި ހުންނަ ކޮކާކޯލާ އޮފީސް ފަޅާލައިފި

ސ. ހިތަދޫގައި ހުންނަ ކޮކާކޯލާ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 4:40 ހާއިރު ހިތަދޫގައި ހުންނަ ކޮކާކޯލާ ކުންފުނީގެ އޮފީސް ފަޅާލައި އެތަނުން ވައްކަން ކޮށްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

މި ވައްކަމުގައި ވަގަށް ގެންގޮސްފައިވަނީ ތިޖޫރި ހަލާލުކޮށްލައިގެން އޭގައި 34،000 ރުފިޔާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!