އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ނައްތާލަން ޖެހޭ: ރައީސް

އަންހެނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލެވި ހަމަހަމަ ދުނިޔެއެއް ގާއިމު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެ ދުވަހުގެ ތަހުނިޔާ ކިޔުއްވައިބ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަގަ ކުރެވެމުން ދާއިރު އިންސާނުންގެ ދިރިއުޅުން ކުރިއެރުމަށްޓަކައި އަންހެނުންގެ އަދަަދު ނުގެނޭ ވަރުގެ ހިއްސާއެއްވާ ކަމަށެވެ.

“ބޭނުންތެރި ދުނިޔެއަކަށް މި ދުނިޔެ ވެވެން އޮތީ ހަމަހަމަ ދުނިޔެއަކަށް ވެގެން، އެހެންވެ ދުނިޔެ ކުރިއެރުމުގައި އަންހެނުންގެ ފުރިހަމަ ޕޮޓެންޝަން ދިނުމުގައި ހުރި ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލަން ޖެހޭ،” ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަންހެނުންގެ ކުރިއެރުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް ވެސް އެޅުއްވި އެވެ. އެމަނިކުފާނުގެ ކެބިނެޓްގައި ހަތް އަންހެން ވަޒީރުން ތިއްބަވާއިރު، އެންމެ މަތީ ޝަރުއީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން އައްޔަން ކުރެއްވި އެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، ކައުންސިލްތަކުގައި އަންހެނުންގެ ބައިވެރިވުން ވަނީ އިތުރުކޮށްފަ އެވެ. 




Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!