ޖޭޕީގެ ޖަލްސާ ފަސްކޮށްފި

ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުންދާ ކޮވިޑް19 ގެ ސަބަބުން އަންނަ ހުކުރު ދުވަހު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ބޮޑު ޖަލްސާ ފަސްކޮށްފިއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޖަލްސާ މުއްދަތެއް ނެތް ގޮތަށް ފަސް ކުރުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނިންމަވާފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން ލޯންޗުކުރުމަށް ޖޭޕީން ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފައި ވަނީ ރާއްޖެއަށް ޒިޔާރަތްކުރި ބައެއް ފަތުރުވެރިންގެ ގައިން ކޮވިޑް19ގެ އަލާމާތްތައް ފެނި އަދި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ގައުމަށް އެނބުރި ދިޔަ ފަތުރުވެރިޔަކަށް ބަލި ޖެހިފައިވާތީ އެވެ.

ޖޭޕީން ބުނީ ހާލަތު ރަނގަޅުވުމުން ޖަލްސާ ބާއްވާނެ ވަކި ތާރީހެއް އަނެއްކާވެސް ކަނޑައަޅާނެ ކަމަށެވެ. ޖޭޕީގެ ޖަލްސާއަކީ ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމުގެ ގޮތުން ބޭއްވުމަށް ނިންމި ޖަލްސާއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!