ފެނަކައިން އައްޑޫއަށް ގެންދިޔަ ދެ ޖަނަރޭޓަރު ބަހައްޓައި ކަރަންޓު ފޯރުކޮށްދީފި

ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީއަށް އަލަށް ގެންދިޔަ ދެ ޖަނަރޭޓަރު އައްޑޫގެ ކަރަންޓު ނެޓްވޯކާއި ގުޅާލައި އަޕްގްރޭޑްކޮށް އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދީފިއެވެ.

ފެނަކައިން މި މަސައްކަތް ކޮށްފައި ވަނީ ހޮނިހިރު ދުވަހުގައެވެ. ފެނަކައިގެ ސަރަހައްދީ އިންޖީނުގެއަކީ އައްޑޫގެ ސިނާޢީ ރަށެއް ކަމަށްވާ ގަމާއި އެކު، ފޭދޫ، މަރަދޫ-ފޭދޫ، މަރަދޫ އަދި ހިތަދޫ އަށް ކަރަންޓުގެ ޚިދުމަތްދޭ މައި އިންޖީނުގެއެވެ.

މިއަދު ކަރަންޓް ނެޓްވޯކާއި ގުޅާލާފައި ވަނީ އަލަށް ގެނައި 2 މެގަވޯޓުގެ ދެ ޖަނަރޭޓަރެވެ. އެގޮތުން ޖުމްލަ މި ހަތަރު ޖަނަރޭޓަރުން ކަރަންޓު ދޭން ފެށުމާއި އެކު 6 މެގަވޯޓު މިހާރު ހުރި ކެޕޭސިޓީ އަށް އިތުރުވެގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!