ޝާމް އާއި ފުރޮގީއަށް އަންހެން ކުއްޖެއް ލިބިއްޖެ

މަޝްހޫރު ވްލޮގާ ޝާމް އިދްރީސް އާއި ސެހެރް (ފުރޮގީ)އަށް ދަރިއަކު ލިބިފައިވަނީ މިދިޔަ ފެބްރުއަރީ 29 ވަނަ ދުވަހުއެވެ.

އެމީހުން އަންހެން ކުއްޖަކު ލިބިފައިވާ ކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އަންގާފައިވާއިރު ދަރިފުޅުގެ ފޮޓޯ ހިއްސާކުރުމަށް ގިނަ ބަޔަކު ވަނީ އެދިފައެވެ.

އެކަމާ ގުޅިގެން ޝާމް ކުރި ޓުވީޓެއް ބުނީ ދަރިފުޅުގެ ފޮޓޯ ބަލާލަން ބޭނުންވާ ފަރާތްތަކުން އިންތިޒާރުކުރުމަށެވެ. އެކުއްޖާ މިހާރު ވަރަށް ކުޑަކަމަށާއި ބޮޑުވަންދެން މަޑުކުރުމަށް ޝާމް ވަނީ ބުނެފައެވެ.

ޝާމް އާއި ފްރޮގީ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!