އައްޑުގައި ހިންގާ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލަން އިންޑިއާގެ އިސް ވަފުދެއް

އިންޑިއާއިން އެހީވެގެން އައްޑު އަތޮޅުގައި ހިންގާ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބެލުމުގެ ނަމުގައި އިންޑިއާގެ ވަފުދެއް އެ އަތޮޅުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ. އިންޑިއާގެ މި ވަފުދުން ތަންތަނ ބަލައިލުމުގެ ނަމުގައި މި ދަތުރު ފެށީ މިދިއަ ބުރާސްފަތި ދުވަހު އެވެ.

އިންޑިއާގެ އިސް އޮފިޝަލުންތަކެއް ހިމެނި ވަޑައިގަންނަވާ ގޮތަށް އައްޑުއަށް ޒިޔާރަތް ކުރި އިންޑިއާގެ ވަފުދުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އަމިތު ނަރަންގާއި އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި އެހެން ވެސް އިސް ޑިޕްލޮމޭޓުން ހިމެނި ވަޑައިގަންނަވަ އެވެ.

އިންޑިއާގެ އެހީގެ ގޮތުގައި 18 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާ ފުލުސް އެކެޑެމީގެ މަސައްކަތްތަައް ފެށީ 2017 ވަނަ އަހަރު އެވެ. ހުޅުވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށް ކުރިން ވަނީ ބުނެފަ އެވެ.

މީގެ އިތުރަށް އިންޑިއާގެ އެހީގައި އައްޑޫގައި ހަދާ ގޭދޮށު މަސްފެކްޓްރީ އާއި މަގު ހެދުމާއި ބިން ހިއްކުމާއި މަސްވެރިކަމާއި އިކޯ-ޓޫރިޒަމްގެ މަޝްރޫއުތަކާ ބެހޭ ގޮތުން އިންޑިއާއިން ބޭނުންވާ މައުލޫމާތު ހޯދައި އައްޑޫ ސިޓީ ކައުންސިލާއެލު މަޝްވަރާތައް ބާއްވާފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!