ވަގު ޕާސްޕޯޓެއް ގެންގުޅުނުކަމުގެ ތުހުމަތުގައި ރޮނާލްޑިނިއޯ ފުލުހަށް

ވަގު ޕާސްޕޯޓެއް ގެންގުޅުނުކަމުގެ ތުހުމަތުގައި ބުރެޒިލްގެ މައްޝޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑިނިއޯ ޕެރެގުއާއީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިމައްސަލައިގައި ޕެރެގުއާއީގެ ފުލުހުންވަނީ ރޮނާލްޑިނިއޯ ހުންނަ ހޮޓަލްވެސް ޗެކުކޮށްފައެވެ. ޕެރެގުއާއީ ފުލުހުން ތުހުމަތު ކުރަނީ ރޮނާލްޑިނިއޯ އެގައުމަށް އެތެރެވުމުގައި އަސްލު ނޫން ވަގު ޕާސްޕޯޓެއް ބޭނުންކުރި ކަމަށެވެ.

ޕެރެގުއާއީގެ އިންޓީރިއާ މިނިސްޓަރ އީއެސްޕީއެން ބުރެޒިލް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ރޮނާލްޑިނިއޯ ހައްޔަރު ނުކުރާ ކަމަށާއި ނަމަވެސް އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިމައްސަލައިގައި ރޯނާލްޑިނިއޯގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

ރޮނާލްޑިނިއޯވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ. ރޮނާލްޑިނިއޯ ޕެރެގުއާއީއަށް ގޮސްފައި މިވަނީ އެގައުމުގައި އުޅޭ ފަގީރު ކުޑަކުދިންނާއި ގުޅޭ ކެމްޕެއިނެއްގައި ބައިވެރިވުމަށްޓަކައި ކަމަށް މައުލޫމާތު ލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!