ސައުދީ ޝާހީ އާއިލާގެ އިސް މެމްބަރުންތަކެއް ހައްޔަރުކޮށްފި

ސައުދީ އަރަބިއާގެ ޝާހީ އާއިލާގެ ތިން އިސް މެމްބަރަކު އިއްޔެ ހައްޔަރުކޮށްފި ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ނިއު ޔޯކް ޓައިމްސް އާއި ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވަނީ ސައުދީގައި ހައްޔަރުކޮށްފައި ވަނީ ސަލްމާން ރަސްގެފާނުގެ ކޮއްކޯފުޅު ޕްރިންސް އަހުމަދު ބިން އަބްދުލް އަޒީޒާއި ކުރީގެ ވަލީ އަހުދު މުހައްމަދު ބިން ނާއިފު އާއި އޭނާގެ ކޮއްކޯފުޅު ނަވާފް ބިން ނާއިފު އެވެ. 

މި ތިން ބޭފުޅުން ހުކުރު ދުވަހު ހެނދުނު ހައްޔަރުކޮށްފައި ވަނީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ގުޅުން ހުރި ކަމެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެގޮތުން ޕްރިންސް އަހުމަދާއި ޕްރިންސް މުހައްމަދު ބިން ނާއިފުގެ މައްޗަށް ވަނީ ގައުމަށް ގައްދާރުވުމުގެ ތުހުމަތުކޮށްފައި ކަމަށް މީޑިއާތައް ބުނެއެވެ.

އަމީރު މުޙައްމަދު ބިން ނާއިފުއަކީ 2017 ވަނަ އަހަރު އެމްބީއެސްގެ އޯޑަރަށް ހައްޔަރުކުރެވުނު ޝާހީ އޮފިޝަލުންގެ ތެރޭގައިވެސް ހިމެނިވަޑައިގެންނެވި އަމީރެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!