ރާއްޖެއިން ވައިރަހަށް މިހާތަނަށް ޓެސްޓްކުރި އެންމެން ނެގެޓިވް

ކޮރޯނާވައިރަހަށް މިހާތަނަށް ރާއްޖެއިން ޓެސްޓުކުރި އެންމެންވެސް ނެގެޓިވް ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އައިސޮލޭޝަން ފެސިލިޓީގައި މިވަގުތު ހަ މީހުން އެބަތިބި ކަމަށެވެ. އަދި މީގެ ތެރޭގައި 2 ދިވެހިން ހިމެނޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ 2 ދިވެހިންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ކުޑަކުއްޖެއް ކަމަށާއި، ދެން ތިބީ ވ. ތިނަދޫއިން ކޮވިޑް-19 އަށް ޝައްކުކުރެވިގެން ގެނައި އިޓަލީވިލާތުގެ 3 ފަތުރުވެރިންނާއި ޅ. ކުރެއްދޫ ރިސޯޓުގެ މަސައްކަތްކުރާ ޑޮކްޓަރު ކަމަށެވެ.

މި އެންމެންގެ ޓެސްޓްތަކުގެ ނަތީޖާތައް މިއަދު ލިބޭނެ ކަމަށާއި، ޓެސްޓް ނަތީޖާތަކަށް ބެލުމަށްފަހު ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް ހެދި ހުރިހާ ޓެސްޓެއްގެ ނަތީޖާތައް ވެސް ނެގެޓިވް ކަމަށް ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!