މުހިއްމު މަސައްކަތްތަކެއް ކުރުމަށް އައްޑޫ ސިޓީން މާދަމާ 7 ގަޑިއިރަށް ކަރަންޓް ކަނޑާލަން ނިންމައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން އައްޑޫގެ ގެތަކަށް ފޮނުވި ނޯޓިސްގައި ބުނެފައިވަނީ ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ގުޅިފައިވާ ރަށްރަށަށް ކަރަންޓު ދެމުންގެންދާ ސެންޓްރަލް ޕަވަރހައުސްގެ ޕެނަލް އަޕްގްރޭޑް ކުރުމަށާއި އަދި އަލަށް ގެނައި ދެ އިންޖީނު ކަރަންޓުވިއުގަށް ގުޅުމުގެ މަސައްކަތް ކުރުމަށްޓަކާ ކަމަށެވެ.
އަދި ކަރަންޓު ކެނޑޭނެ ކަމަށް ބުނެފައި ވަނީ މާދަމާގެ ހެނދުނު 9:00 އިން ހަވީރު 4:00 އާއި ހަމައަށް ކަމަށް ފެނަކަ އިން ބުނެފައެވެ.
މަސައްކަތް ކުރުމަށް ކަރަންޓް ކަނޑާލާފައި އޮންނަ ވަގުތުގައި ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ވެސް އެ އިއުލާންގައި ވަނީ ބުނެފައިއެވެ.