ކިމް ކާޑެޝިއަން އެމެރިކާގެ ރައީސް އާ ބައްދަލު ކޮށްފި

ރިއަލިޓީ ޓިވީތަރި ކިމް ކާޑެޝިއަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަޕް އާ ބައްދަލު ކޮށްފިއެވެ. ބުދަ ދުވަހު ބޭއްވި މި ބައްދަލު ކުރުމުގައި މަޝްވަރާ ކޮށްފައިވަނީ ކްރިމިނަލް ޖަސްޓިސް ރީފޯމް އާ ބެހޭ ގޮތުންނެވެ.

މި ބައްދަަލު ކުރުމުގެ ތެރޭގައި ވަނީ ދާދިފަހުން ޖަލުން މިނިވަން ވެފައިވާ ތިން މީހަކާވެސް ވާހަކަ ދައްކާފައިއެވެ. މީ ތިން މީހުން މިނިވަން ވެފައިވަނީ ކްރިމިނަލް ޖަސްޓިސް ރީފޯމް ގެ ސަބަބުންނެވެ. 39 އަހަރުގެ ޓީވީތަރި ވަނީ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ޓްރަމްޕާއި ބައްދަލުކޮށްފިނަމަ  އޭނާގެ މުޅި ކެރިއާރ ހަލާކުވެދާނެކަމަށް ބުނެފައެެވެ.

 އޭނާ ބުނެފައިވެއެވެ. ” އެބައްދަލުވުމެގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ.ވަރަށް ކުޑަ ކަމެއް ކޮށްގެން ހައްޔަރު ކުރެވުނު މީހަކަށް ޗާރލްސް މެންސަން އާއި އެއްވަރުގެ ހުކުމެއް އިއްވުމުން އަހަރެން ހުރީ ހައިރާންވެފައެވެ. އެހެން އެކަންތައް ދިމާވީ ކީއްވެގެން ކަމާއިމެދު އަހަންނަށް ސުވާލު ކުރެވުނެވެ.އޭނާއަށް ރަނގަޅު ލޯޔަރެއް ނުލިބުނީހއެއްޔެވެ؟ ނުވަތަ ބޭނުންވާވަރށް ފައިސާ ނުލިބުނީ ހެއްޔެވެ؟ އަހަންނަށް އެހީވެވެން އިނީ ކޮން ގޮތަކުން ހެއްޔެވެ؟ މި ސުވާލުތަކާއިއެކު އަހަރެން އިތިުރަށް ކުރި ދިރާސާއަކުން އެކަހަލަ އެތަށް މީހުން ތިބިކަން އިނގުނެވެ. އެންމެންވެސް ބުނަމުން ގެންދިޔައީ ވައިޓް ހައުސްއަށް ގޮސްސިއްޔާ އަހަރެންގެ ކެރިއާރއާއި ރެޕިއުޓޭޝަން ގެއްލޭނެއެވެ. އެހެންނަމވެސް އޭގެ ސަބަބުން އަހަރެންގެ ޔަގީންކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މީހުން އަބަދުވެސް ކޮންމެވެސް އެއްޗެކެ ކިޔާނެއެވެ. އެހެން މީހެއްގެ ދިރިއުޅުން ބަދަލު ކޮށްލުމުގެ ފުރުސަތު އަހަންނަށް މލިބިފަ އޮށްވާ އެފުރުސަތއެއް ނަގާނުލެެވޭނެއެވ.”

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!