ސަންދީޕް އޯރް ޕިންކީ ފަރާރް ގެ ޓްރެއިލާ ދައްކާލައިފި

އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާ އެކީގައި ކުޅެފައިވާ ތިން ވަނަ ފިލްމު “ސަންދީޕް އޯރް ޕިންކީ ފަރާރް” ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ ދިބާކަރު ބެނަޖީ ޑައިރެކްޓްކޮށްފައިވާ ބްލެކް ކޮމެޑީއެކެވެ. ޔާޝްރާކް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށްފައިވާ “ސަންދީޕް އޯރް ޕިންކީ ފަރާރް” ގެ ކާސްޓުންގެ ތެރޭގައި ޕަންކަޖް ތުރިޕަތީ، އަރްޗަނާ ޕުރާން ސިންގް، ސަންޖޭ މިޝްރާ، ނީނާ ގުޕްތާ، ޖައިދީޕް އަހްލަވާތު، ކަންވަލްޖީތު ސިންގް އަދި އަމްރިތާ ޕޫރީ ހިމެނެ އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި މަހުގެ 20 ގަ އެވެ. “ސަންދީޕް އޯރް ޕިންކީ ފަރާރް” އަކީ ކުރިން 2018 ގައި ރިލީޒްކުރަން އުޅުނު ފިލްމެކެވެ. އެކަމަކު އެކި ސަބަބުތަކާ ހެދި ފިލްމު އެޅުވުން ލަސްވެގެން ދިޔައީ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!