މާވަރުލު އެއާޕޯޓުގެ މަސައްކަތް އަންނަ އަންގާރަ ދުވަހަށް ނިމޭނެ: އެމްޓީސީސީ

ގދ. މާވަރުލުގައި ތަރައްގީ ކުރާ އެއާޕޯޓުގެ މަސައްކަތް އަންނަ އަންގާރަ ދުވަހަށް ނިންމައިލެވޭނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ހއ. އާއި ހދ. އަތޮޅުގައި ހިންގާ ބައެއް މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާ އަށް ހާމަކުރުމަށް ކުރި ދަތުރުގައި، މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، އެއާޕޯޓު މަޝްރޫއުތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭނީ މާވަރުލު އެއާޕޯޓުގެ މަސައްކަތް ކަމަށެވެ. އެއީ ކުރިން ކަނޑައެޅި ތާރީޚަށް ވުރެ އަވަސް މުއްދަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މާވަރުލު އެއާޕޯޓަކީ މި އަހަރުގެ ތެރޭގައި ދަތުރުތައް ފަށާނެ އާ އެއާޕޯޓުތައް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އިއުލާން ކުރެއްވި ފަސް އެއާޕޯޓުގެ ތެރޭގައި ހިމެނޭ ތަނެކެވެ. ނަހުލާ ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ޑިސެމްބަރުގެ ކުރިން މާވަރުލު އެއާޕޯޓުގައި އޮޕަރޭޝަންތައް ފަށާނެ އެވެ.

މާވަރުލު އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން 2018 ވަނަ އަހަރު އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ އެއާޕޯޓުގެ މަސައްކަތް މަޑުޖެހުނީ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!