ދުނިޔެ އަށް މަޝްހޫރު އަންނައުނު ބްރޭންޑް މެންގޯގެ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.
މެންގޯ ފިހާރަ ރާއްޖެއަށް ގެނެސް އެ ބްރޭންޑު ހުޅުވައިފައިވަނީ ރާއްޖޭގެ ސޮނީއިންނެވެ. މަޖީދީ މަގުގައި ކުރިން ހިންގި ސޮނީ ހާޑްވެއާ ޕްރޮފެޝަނަލްގެ އިމާރާތުގައި މެންގޯގެ އާ ފިހާރަ ހުޅުވިއިރު މި ފިހާރައިގެ ދެ ފަންގިފިލާވަނީ އަންހެނުންގެ އަންނައުނާއި އެކްސެސަރީސްއަށް ހާއްސަކޮށްފައެވެ.
އެ ފިހާރާގައި އަންހެނުންގެ އަންނައުނުގެ ފުލް ރޭންޖް ލިބެން ހުންނާނެ ކަމަށާ، އަދި އަގުތައް ވެސް ރީޒަނަބަލް ވާނެ ކަމަށް ސޮނީއިން ބުނެއެވެ.
މިފިހާރަ ހުޅުވުމާއެކު ގިނަ އަދަދެއގެ ދިވެހިން ދަނީ އެފިހާރައަށް ޒިޔާރަތްކުރަމުންނެވެ.