އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކުގެ ތެރެއިން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތެއް ޕާޓީގެ މެމްބަރުކަމުން ވަކިކުރަން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފިއެވެ.
އެގޮތަށް ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވަނީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބެ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފަށް ބައެއް ފަރާތްތަކުން އެފަދައިން އަމަލުކުރަމުން ދާކަމުގެ ޝަކުވާގެ މައްސަލަ ފިޔަވަޅުއަޅާ ކޮމެޓީން ބެލުމަށްފަހު ކަމަށްވެސް އެމްޑީޕީން ބުނެއެވެ.
އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގެ ކެންޑިޑޭޓުންގެ ތެރެއިން އެގޮތަށް އަމަލުކޮށްފައިވާ ފަރާތްތަކާއި މެދުވެސް އެ އުސޫލުން ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.