މަސްޖިދުލް ހަރަމްގައި ހުންނަ ކައުބާ ނުވަތަ ގެފުޅު ސާފުކުރުމަށް އާންމުނަށް ނުވަދެވޭ ގޮތަށް ބަންދު ކޮށްފިއެވެ.
ސައުދީ ސަރުކާރުން ހަރަމްފުޅު ވަގުތީ ގޮތުން ބަންދުކޮއްފައި މިވަނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެންނެވެ.
ކޮވިޑް-19 ސައުދީ އަރަބިއްޔާ އާއި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ފެތުރެމުން ގެންދާ މި ދަނޑިވަޅުގައި ޙަރަމްފުޅު ބަންދުކޮށްފައި ވާއިރު ޙަރަފްމުފު މިހާރު ވަނީ ވަރަށް ބޮޑަށް ފަޅުވެފައެވެ. ނަމަވެސް ކައުބާގެ މަތީ ފްލޯތަކުގައި މިހާރުވެސް ތޮވާފް ކުރެވޭނެ ކަމަށް ސައުދީ ސަރުކާރުން މައުލޫމާތު ދެއެވެ.
ކައުބާ ހިމެނޭ ސަރަހައްދު މުޅިން ބަންދު ކޮށްފައިވަނީ މިއަދު މެންދުރު ފަހުއެވެ. ސިފައިން ވަނީ އެ ސަރަހައްދުގައި ތޮވާފް ކުރަން ތިބި އެންމެން ނެރެފަައި ކަމަށްވެސް މައުލޫމާތު ލިބިއެވެ.
މިދިޔަ ހޯމަ ދުވަހު ސައުދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް ވަނީ ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިފަ އެވެ. އެއާއެކު އެގައުމުން ކޮވިޑް–19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 5 އަކަށް އަރާފައެވެ.