ފޮޓޯ: ރާއްޖެއެމްވީ

ރައީސް ޔާމީން އަނބުރާ މާފުއްޓަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމަށް ފަހު ޔަމީނު ގެކޮޅަށް ގެންގޮސް މިހާރު އަނބުރާ މާފުއްޓަށް ގެންގޮސްފިއެވެ.

ރައީސް ޔާމީން އަނބުރާ މަފުއްޓަށް ގެންދިޔައީ ޔަމީނުގެ ގެކޮޅުގައި 2 ގަޑިއެއް ހާއިރު ހޭދަކުރެއްވުމަށް ފަހުއެވެ. ރައީސް ޔާމީން ގެކޮޅަށް ގެންގޮސްފައި ވަނީ މިއަދު ހައި ކޯޓުގައި އޮތް އިސްތިއުނާފު އަޑު އެހުން ނިމުމަށްފަހުގަ އެވެ. ގަޑިއެއް ހާއިރަށް ކަމަށް ބުނި ނަމަވެސް ދެގަޑިއެއް ހާއިރު ގެކޮޅުގައި ވިއެވެ. އެމަނިކުފާނާއެކު ކަރެކްޝަންސްގެ މުވައްޒަފުންނާއި ފުލުހުންވެސް އެގޭތެރޭގައި ތިއްބެވެ. ރައީސް ޔާމީން ގެކޮޅަށް ގެންދިޔުމާ ގުޅިގެން އެ ސަރަހައްދަށް އެމަނިކުފާނުގެ ބައެއް ސްޕޯޓަރުންވެސް އެއްވިއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންނާއި ހަވާލާދެއްވައި މީޑިއާތަކުގައި ބުނެފައިވަނީ ރައީސް ޔާމީން ގަޑިޔެއްހާއިރަށް ގެޔަށް ބަދަލުކޮށްފައިވާކަމަށާއި، ބަދަލުކުރީ އެމަނިކުފާނު އެދިވަޑައިގަތުމަކަށް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅޭގޮތުން މިހާރު ތަހުގީގު ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވުމާއި ރިޝްވަތާއި، މަނީ ލޯންޑަރ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއްގައި ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!