ކުށުގެ ރެކޯޑް ވަގުތުން ލިބޭގޮތް ޕީޖީއިން ހަދަނީ

ކުށުގެ ރެކޯޑް ވަގުތުން ލިބޭގޮތަށް ހަދަން މަސައްކަތް ކުރަމުންދާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ މިހެން ވިދާޅުވެފައި ވަނީ، އިންފޮމޭޝަން ކޮމިޝަންގެ މުވައްޒަފުން ދުޅަހެޔޮ ބަޔަކަށް ވުމަށް މިއަދު ފެށި “ފިޓްއައިކޮމް” ޕްރޮގްރާމް އިފްތިތާހްކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، މިހާރަކަށް އައިސް މައުލޫމާތު ލިބުމުގައި ވަރަށް ދަތިވާ ކަހަލަ ކަންތައްތައް ހުރި ކަމަށެވެ. އަދި މިޙާރަށްވުރެ މައުލޫމާތު ހޯދުމުގެ ބައި ފުޅާކުރަން ޖެހޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

“މިސާލަކަށް ކުށުގެ ރެކޯޑް ސާފުކުރުން. ދެން ހަމަ އެއްދުވަސް ނަގަން ޖެހޭނެކަމެއްކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މިބަލަނީ އެވެސް ވަގުތުން ކުށުގެ ރެކޯޑް ސާފުވާގޮތަށް އިންތިޒާމްތައް ހަމަޖައްސަން. އެންމެ ގިނައިން މީހުން ހިދުމަތަކަށް އެދޭ އެއްކަންތައް އެއީ،” ޝަމީމް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ، މީހެއްގެ މައްޗަށް ދައުވާއެއް ކުރާނަމަ އެމީހަކަށް ސިޓީއަކުން މީގެކުރިން އެންގި ނަމަވެސް، މިހާރު އެސްއެމްއެސްއެއް މެދުވެރިކޮށް އެ މައްސަލައާއި އެ މައްސަލަ އޮންނަ ކޯޓު ދައުވާ ލިބޭ މީހާއަށް ފޮނުވަން ފަށާފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!