މާލެ ތިލަފުށި ބްރިޖްގެ މަސައްކަތްތައް ކުރާނީ އިންޑިއާގެ ލޯނު އެހީގައި: ޕްލޭނިންގ މިނިސްޓްރީ

މާލެ-ވިލިންގިލި-ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖްގެ މަސައްކަތް ކުރަނީ އިންޑިއާގެ ލޯނު އެހީގައިކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ގްރޭޓާރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތްތައް ޢަމަލީ ގޮތުން ފެށުމުގެ ކުރިން، ކުރިއަށްގެންދާ ސާރވޭގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ވަނީ މިއަދު ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްފައެވެ. ސާވޭ މަސައްކަތުގެދަށުން މިހާރު ފެށުމަށް ތައްޔާރުވަނީ ސައިޓްތަކުގައި ކުރިއަށްދާ ޢަމަލީ ސަރވޭގެ މަަސައްކަތްތަކެވެ. އެގޮތުން ބްރިޖް ގުޅާލާ ކަނޑުގެ ސަރަޙައްދާއި، އަދި ބްރިޖްގެ މަސައްކަތްތައް ހިންގާނެ އެއްގަމު ސަރަޙައްދުތަށް ސަރވޭ ކުރުމަށްވަނީ ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ބްރިޖް އަޅަނީ އިންޑިއާގެ ލޯނުގެ އެހީގައި ކަަމަށް ވާތީ، އެ ގައުމުގެ ސަރުކާރުގެ ކުންފުންޏެއް އެ މަސައްކަތުގައި ބައިވެރިކުރަން ޖެހޭ ކަމަށެވެ. ބްރިޖްގެ މަސައްކަތް ކުރާނެ ކުންފުންޏެއް ކަނޑައަޅަން ކުރިއަށް ގެންދާ ޕްރީ ކޮލިފިކޭޝަން އިންޑިއާގައި މިހާރު ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ކަމާލުއްދީން ވިދާޅުވީ ސަރވޭގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެއްގަމާއި ކަނޑުން 28 ބޯހޯލް ތޮރުފައިގެން ދިރާސާކުރާނެކަމަށެވެ. މިމަސައްކަތުގެ އަގަކީ 15މިލިއަން ޑޮލަރެވެ.

“ބައިބަޔަށް މަސައްކަތްތައް ކުރިއަށްދަނީ. ސަރވޭތައް ޖުލައިއަށް ނިންމައި ޓެންޑަރިންއަށް ހުޅުވާލާނަން. ބިޑްގެ ޕްރިކޮލިފިކޭޝަން މަސައްކަތްތައްދާނީ އިންޑިއާގައި. މިއީ ިއިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަސައްކަތެއް. ޓެންޑައިންގ ނިންމައި ސައިޓުން ޢަމަލީ މަސައްކަތް ފެންނަން ފަށާނީ ސެޕްޓެމްބަރުގައި.” އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

އަކްރަމް ކަމާލުއްދީން ވިދާޅުވީ ބްރިޖްގެ އަގު އަދި ފައިނަލް ނުވާކަމަށެވެ. ނަމަވެސް ބްރިޖާއި ގުޅުންހުރި ހުރިހާ މަސައްކަތަކީވެސް އިންޑިއާއިއެކު ކުރިއަށްދާ މަސައްކަތެއްކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!